Ads by Stelco

ޚަބަރު

އިންނަމާދޫ ޕޮލިސް ޕޯސްޓު އިމާރާތް ކުރުމުގެ ތެރެއިން ރޭނުމުގެ މަސައްކަތް ފަށައިފި

އިންނަމާދޫ ޕޮލިސް ޕޯސްޓު އިމާރާތް ކުރުމުގެ ތެރެއިން ރޭނުމުގެ މަސައްކަތް ފަށައިފި

އިންނަމާދޫ ޕޮލިސް ޕޯސްޓު އިމާރާތް ކުރުމުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ

02 ޖޫން 2025، 08:39

ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު އިމާރާތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެ ތަން ރޭނުމުގެ މަސައްކަތް ފަށާފައިވާކަމަށް، އެ މަޝްރޫޢު ހަވާލުކޮށްފައިވާ މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ ތަން ރޭނުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.



އެމްޓީސީސީއިން އިންނަމާދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ މާރޗު މަހުގެ 26 ވަނަ ދުވަހެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ 23 ގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން އިންނަމާދޫއަށް ވަޑައިގެންނެވެ.

އެ ރަށު ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ. 

ރަށްރަށުގައި ޕޮލިސްޓޭޝަންތައް ތަރައްޤީކުރުމުގެ މަސައްކަތަށް ބަލާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2 އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރައްވާނެކަމަށް ދާޚިލީ ވަޒީރު ވަނީ ކުރިން ވިދާޅުވެފައެވެ. ރާއްޖޭގައި ޕޮލިސް ސްޓޭޝަން ނެތް 46 ރަށެއް ފާހަގަކޮށްފައިވާއިރު 2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެވެ. މި އަހަރު ވެސް ސަރުކާރުން ވަނީ އެކި ރަށްރަށުގައި ޕޮލިސް ޕޯސްޓްތައް ތަރައްޤީކޮށް އެ ޚިދުމަތް ރަށްރަށުން ދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS