ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ފަތުރުވެރިކަމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް އާއި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ 3 މަސްދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ އެކި މަޤާމުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިދޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތައް [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް އަދި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް 3 މަސްދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި.
— Ministry of Social and Family Development (@MSFDmv) June 2, 2025
ޝައުގުވެރިކަން ހުރި ފަރާތްތަކުން ސީ.ވީ… pic.twitter.com/vagEM7waLg
މިނިސްޓްރީގެ ފަރާތުން މި ޕްރޮގްރާމާ ގުޅޭ ގޮތުން ދެއްވި މަޢުލޫމާތުގައި، މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، އެ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމަށް އަމާޒުކޮށްގެން ހިންގޭ ޚާއްސަ ޕްރޮގްރާމެއްކަމަށް ބުނެފައިވެއެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ، މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ހޮޓެލް ދާއިރާގެ އެކި ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.