ދުނިޔެ

ޓްރަމްޕް ފްރާންސްގެ ރައީސް މެކްރޯން އަށް: "ދޮރު ލައްޕާލިނަމަ!"

ޓްރަމްޕް ފްރާންސްގެ ރައީސް މެކްރޯން އަށް: "ދޮރު ލައްޕާލިނަމަ!"

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2025، 04:20

31 މޭ 2025، 04:20

ވޮޝިންގްޓަންގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންއާ ބެހޭ ގޮތުން މަޖާ ރައްދެއް ދެއްވާފައެވެ. މިއީ މެކްރޯންގެ އަނބިކަނބަލުން ބްރިޖިޓް މެކްރޯން އެމަނިކުފާނުގެ މޫނުގައި އަތްއަޅުއްވާ ކޮށްޕާލާ ވީޑިއޯއެއް އިންޓަނެޓްގައި ފެތުރުމާ ގުޅިގެން ދެއްވި ރައްދެކެވެ.

ޓްރަމްޕް ވިދާޅުވީ މެކްރޯން މިފަދަ ކަންކަމުގައި ދޮރު ލައްޕާލަން ވިސްނާލަން ޖެހޭނެ ކަމަށެވެ. މި ވާހަކަފުޅާ އެކު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ހޭންފެށިއެވެ.

މި ވީޑިއޯ ފެތުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ މީހުން ވަނީ އެކި ގޮތްގޮތަށް މާނަކުރަން ފަށާފައެވެ. ނަމަވެސް މެކްރޯން ވަނީ މިއީ އޭނާގެ އަނބިކަނބަލުންނާ ދެމެދު ހިނގި މަޖާ ކަމެއްކަން ސާފުކޮށްދެއްވާފައެވެ. އެހެންނަމަވެސް މި ހާދިސާ ވަނީ ބައިނަލްއަޤްވާމީ މީޑިއާގައި ވަރަށް ބޮޑަށް ފެތުރިފައެވެ.

ޓްރަމްޕްގެ މި ކުރު ރައްދު ވަނީ މި މައްސަލައާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް އިތުރު ފޮނިމީރުކަމެއް ގެނެސްދީފައެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS