ޚަބަރު
ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ އުސްފަސްގަނޑުގައި ކުރިއަށްގެންދަނީ

ގުޅީފަޅު: ފޮޓޯ- އަސްލު ނިއުސް

ފަރުދުން
30 މޭ 2025، 01:29
30 މޭ 2025، 01:29
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ ކުރިއަށްގެންދަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވީ (15 އޮކްޓޫބަރު 2024) އިން ފާސްކޮށްފައިވާ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން" އަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް ނިންމާފައިވާކަމަށެވެ.
އެހެންކަމުން، ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީ، މި ބަދަލާއި ގުޅިގެން އެ ގޯތިތަކުގެ ވެރިފަރާތްތަކާއި، މިހާތަނަށް ގުޅީފަޅުން ގޯތި ޙަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނެ ކަމަށް ވިދާޅުވިއެވެ. އެ މިނިސްޓްރީން ވިދާޅުވީ ގުރުނެގުން ކުރިއަށްދާނީ 2025 މޭ 30 ވާ ހުކުރު ދުވަހު (މާދަމާ) 14:30 ފެށިގެން އުސްފަސްގަނޑު ސަރަޙައްދުގައި ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެފައި ވެއެވެ.