Ads by Stelco

ޚަބަރު

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތަށް ޞިއްޙަތު ޖަމްޢިއްޔާގެ އެވޯޑެއް ރައީސަށް

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތަށް ޞިއްޙަތު ޖަމްޢިއްޔާގެ އެވޯޑެއް ރައީސަށް

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތަށް ޞިއްޙަތު ޖަމްޢިއްޔާގެ ޙާއްޞަ އެވޯޑެއް ރައީސަށް އެރުވުން: ފޮޓޯ- ރައީސް އޮފީސް

30 މޭ 2025، 12:32

ދުންފަތާއި ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްސަ އެވޯޑެއް އަރުއްވައިފިއެވެ. 

 ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން މިއެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައި ދެއްވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމްޢިއްޔާތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެވޯޑް ދިނުމަކީ ކޮންމެ އަހަރަކު ވެސް ކުރަމުންދާކަމެކެވެ. އެގޮތުން ޑަބްލިޔުއެޗްއޯއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އަރުވާފައިވަނީ، ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ދެއްވާ ޚާއްސަ އެވޯޑެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދުންފަތާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން އެއްކޮށް ވަނީ މަނާ ކުރުމާއި، 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މި ނިންމެވުންްތަކަށް ޞިއްޙަތު ޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ތަޢުރީފު ކުރައްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS