Ads by Stelco

ޚަބަރު

1 ޖޫން އިން ފެށިގެން އައިނު ހައްދަން އާސަންދައިން ދޭ ފައިސާ 2000ރުފިޔާ އަށް ބޮޑުކޮށްދެނީ

1 ޖޫން އިން ފެށިގެން އައިނު ހައްދަން އާސަންދައިން ދޭ ފައިސާ 2000ރުފިޔާ އަށް ބޮޑުކޮށްދެނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް

30 މޭ 2025، 12:15

1 ޖޫން 2025ން ފެށިގެން އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން އިޢުލާނު ކުރެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުފުޅުވީ ގޮތަށް ދެއަހަރުން އެއްއަަހަރު އައިނު ހެދުމަށްޓަކައި ދެމުން އަންނަ 1000 ރ ޑަބަލްކޮށްދެއްވަން ނިންމަވާފައިވާކަމަށެވެ. އެގޮތުން އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުއްވާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ޖޫން 1 އިން ފެށިގެން އައިނު ހެއްދުމަށްޓަކައި ދޭ 1000ރުފިޔާ 2000ރުފިޔާއަށް ބޮޑުކުރެވިގެންދާނެކަމަށެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި ޞިއްޙީ ހާލަތު ރަނގަޅު ކުރުމާގުޅޭ ގިނަ ވާހަކަތަކެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން ޢަޒުމަކީ ބާރުސްޕީޑުގައި ކޮންމެ ރައްޔިތެއްގެވެސް ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުންކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS