ޚަބަރު
4 އަތޮޅެއްގެ ޑަޔަލަސިސްގެ ޚިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފި

4 އަތޮޅެއްގެ ޑަޔަލަސިސްގެ ޚިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވުން: ފޮޓޯ- ރައީސް އޮފީސް
ހަތަރު ރަށެއްގެ ޑައިލެސިސްގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޑަޔަލަސިސްގެ ޚިދުމަތް އަލަށް ފައްޓަވައިދެއްވީ، ނ.ވެލިދޫ ޞިއްޙީ މަރުކަޒު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް އަދި ގއ.އަތޮޅު ހޮސްޕިޓަލުގައެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، އެންމެހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ސަރުކަރުގެ އަމާޒެކެވެ. އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ މ އަތޮޅު މުލީގައެވެ. މިއީ މިއަހަރުގެ ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށުނު 3 ވަނަ ރަށެވެ. މިއަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައަލިސިސްގެ ޚދިުމަތް ވަނީ ފަށާފައެވެ. އަދި އޭޕްރީލް މަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވަނީ މި ޚިދުމަތް ފަށާފައެވެ.
ސިއްޚީ ވުޒާރާއިން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް މިހަރު ނުފެށި ވަނީ އއ ، އދ، ވ، ފ، އަދި ދ އަތޮޅުގައި ކަމަށެވެ.