Ads by Stelco

ޚަބަރު

މިވަގުތު މައްކާގައި 499 ދިވެހިން، އެންމެންގެ ހާލުވެސް ރަނގަޅު: ވަޒީރު ޝަހީމް

މިވަގުތު މައްކާގައި 499 ދިވެހިން، އެންމެންގެ ހާލުވެސް ރަނގަޅު: ވަޒީރު ޝަހީމް

ފުރަތަމަ ފްލައިޓްގައި ޙައްޖުވެރިން ފުރުން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

28 މޭ 2025، 09:55

1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި 499 ދިވެހިންގެ   ހާލުވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ ޝަހީމް ވިދާޅުވީ، މިވަގުތާ ހަމައަށް ދިވެހި 499  ހައްޖުވެރިން މައްކާއަށް ވާޞިލްވެއްޖެކަމަށެވެ. ހަމަ އެހެންމެ އެންމެހައި ހައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށާއި ދިވެހިރާއްޖޭގެ ހައްޖުމިޝަނުން ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ހައްޖާޖީންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު ކޯޕަރޭޝަނުން ފުރިހަމަ އިންތިޒާމުތަކެއް ކޮށްފައިވާކަންވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ. 

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިން މިހާރު ވަނީ ފުރަން ފަށާފައެވެ. އެގޮތުން މިހާތަނަށް ދެ ފްލައިޓެއްގެ ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ. ބާކީ އޮތް ދެ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS