ދީން

ސަޢޫދީއަށް ހަނދު ފެނިއްޖެ، މާދަމާ އަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް

ސަޢޫދީއަށް ހަނދު ފެނިއްޖެ، މާދަމާ އަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް

ސަޢޫދީ އަށް ހަނދު ފެނިއްޖެ، މާދަމާ އަކީ ޙައްޖުމަހުގެ ފުރަތަމަދުވަސް

27 މޭ 2025، 08:55

ސަޢޫދީ ޢަރަބިއްޔާއަށް ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމުން، މާދަމާ އަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަދުވަސް ކަމަށް ނިންމައިފިއެވެ.

ޝަރުޢީ ހަމަތަކުގެ މަތިން ހަނދު ސާބިތު ވެފައިވާތީ މާދަމާ (28 މެއި،ބުދަ)އަކީ މި ހިނގާ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސް ކަމުގައި ވަނީ އިޢުލާންކޮށްފައެވެ. އެހެން ކަމުން މިއަހަރުގެ ޢަރަފާތު ދުވަހަށް ވާނީ 5 ޖޫން ވާ ބުރާސްފަތި ދުވަހެވެ. އަދި އަޟުހާ ޢީދަށް ވާނީ ޖޫން 6 ވާ ހުކުރު ދުވަހެވެ.

ސޯޝަލްމީޑީއާގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ:

"މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމުގައި ދަންނަވަމެވެ" މިހެންނެވެ.

ކުރިއަށް އޮތް ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ މުސްލިމުންނަށް ހެޔޮކަން ލިބިގަތުމަށް ހުޅުވިގެންދާ ދޮރެކެވެ. މި މަހުގެ ހެޔޮ ދަރުމައާއި ސަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް ނަޞޭޙަތްތެރިވަމެވެ. 

މި ލިޔުން ކިޔާލުމުން