Ads by Stelco

ޚަބަރު

ކޮންސްޓްރަކްޝަންގެ އެކި ދާއިރާއަށް ހުނަރު ބޭނުންވޭ، އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން އެހުނަރު ފެނިގެންދޭ: މަސީ

ކޮންސްޓްރަކްޝަންގެ އެކި ދާއިރާއަށް ހުނަރު ބޭނުންވޭ، އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން އެހުނަރު ފެނިގެންދޭ: މަސީ

އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ފޮޓޯ:ބީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2025، 10:36

27 މޭ 2025، 10:36

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ދިވެހިންގެ ހުނަރުވެރިކަން ބޭނުންވާ އެތައް ދާއިރާއެއް ހުރި ކަމަށާއި، އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން އެހުނަރު ފެނިގެންދާ ކަމަށް މޯލްޑިވްސް  ނޭޝަނަލް އެސޯސިއޭޝަން ފޯރ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އިން ބުނެފިއެވެ.

މަސީން މިހެން ބުނެފައިވަނީ އެ ޖަމްޢިއްޔާގެ މެމްބަރުން މިމަހުގެ 23 ވަނަ ދުވަހު ފެށުނު އުފެއްދުންތެރިކަމުގެ މައުރަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި މައުރަޒަކީ އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއަރުވައި ހުނަރުވެރިކަން ދައްކާލުމަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މައުރަޒެވެ.

މައުރަޒުގައި ހުރި އުފެއްދުންތައް ބެއްލެވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން، މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު  ޚާއްސަ އިސްނެންގެވުމުގެ މަތިން މިފަދަ ބޮޑު މައުރަޒެއް ކުރިއަށް ގެންދިއުމުން އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

އަދުަދުނާން އިތުރަށް ވިދާޅުވީ މައުރަޒުގެ ތެރެއިން އިހުގެ ދިވެހީންގެ ހުރި އުފެއްދުންތެރިކަމާއި ހުނަރުވެރިކަން މިއަދުވެސް ފެންނަމުންދާ ކަމަށެވެ. އަދި މިހުނަރުވެރިކަން ބޭރު ޤައުމުތަކަށް ގެންދިއުމަށް ފަތުރުވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"މޭޑްއިން މޯލްޑިވްސް ޖަހާފައި ހުންނަންވާނީ އަޅުގަނޑުމެންގެ ތަކެތި. އެއަށް މަސައްކަތް ކޮށްފިއްޔާ އަޅުގަނޑުމެން ހުރިހާ ސުވެނިއާ ފިހާރަތަކުގައި ހުންނާނީ މިތަކެތި. އޭރަށް ބޭރަށް ގަނެގެން ގެންދެވޭނީ އަޅުގަނޑުމެންގެ ތަކެތި," އަދުނާން ވިދާޅުވިއެވެ.

މަސީގެ އެގްޒެކެޓިވް ބޯޑު މެންބަރު އަދި އެމްއެމްޕީއާރްސީގެ ކުރީގެ ޗެއަރޕާސަން އައިޝާ ނޫރްއައިން ޖަނާހް ވިދާޅުވީ، މިމައުރަޒުގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 3600 އަށް ވުރެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފައިވެއެވެ. މި މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ މުހިންމު މަންސައެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS