ދުނިޔެ

ލިވަޕޫލްގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރެއަށް ކާރެއް ވަދެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ

ލިވަޕޫލްގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރެއަށް ކާރެއް ވަދެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ

ލިވަޕޫލް ކުލަބުގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރެއަށް ކާރެއް ވަދެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 މޭ 2025، 07:16

27 މޭ 2025، 07:16

ލިވަޕޫލް ފުޓްބޯޅަ ކުލަބުން ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ބޭއްވި ކާމިޔާބީގެ ޕެރޭޑުގައި ކާރެއް މީހުންގަނޑުތެރެއަށް  ވަނުމުން  ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާގައި 27 މީހުން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އޭގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަކާއި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް އެމްބިއުލަންސް ސަރވިސްއިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގީ ލިވަޕޫލްގެ ސިޓީ ސެންޓަރުގައި ކުލަބުގެ ކާމިޔާބީ ފާހަގަކުރަމުން ދިޔަ ޕެރޭޑްގެ ތެރެއަށް ބާރަށް ދުއްވާފައިއައި ކާރެއް ވަނުމުން ކަމަށް މާސައިޑް ޕޮލިސްއިން ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން 53 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިހުން މައުލޫމާތު ދީފައިވެއެވެ. އެ މީހާއަކީ ކާރުގެ ޑްރައިވަރު ކަމަށް ބެލެވޭ ކަމަށް ޕޮލިހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގީ ހަވީރު 6 އެއްޖަހާކަންހާއިރުއެވެ.  ކާރުން އައިސް ޖެއްސުމުގެ ސަބަބުން 4  މީހުން ކާރުގެ ދަށުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 3 މީހުންނާއި ކުޑަކުއްޖެކެވެ. އަދި 20 މީހަކަށް ކުދި އަނިޔާތަކެއް ވެފައިވާ ކަމަށް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ބުނެފައިވެއެވެ.

މި ހާދިސާއަކީ ޓެރަރިޒަމްގެ ޢަމަލެއް ނޫން ކަމަށް ޕޮލިހުން ބުނެފައިވެއެވެ. އެހެންނަމަވެސް މި ހާދިސާއާ ގުޅޭ ގޮތުން އިތުބާރުނުހިފޭ ވާހަކަ ފެތުރުމުން ދުރުހެލިވުމަށް ޕޮލިހުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ބްރިޓިޝް ބޮޑުވަޒީރު ކީރ ސްޓާމަރ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އަނިޔާވި ފަރާތްތަކަށް ހެޔޮ އެދުންތައް ފޮނުވާފައިވެއެވެ. އަދި ލިވަޕޫލް ފުޓްބޯޅަ ކުލަބުންވެސް މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އަނިޔާވި ފަރާތްތަކަށް ހެޔޮ އެދުންތައް ފޮނުވާފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS