Ads by Stelco

ޚަބަރު

ރާއްޖެ - އިންޑިއާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ރާއްޖޭން ބައިވެެރިވެއްޖެ

ރާއްޖެ - އިންޑިއާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ރާއްޖޭން ބައިވެެރިވެއްޖެ

ރާއްޖެ - އިންޑިއާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން- ފޮޓޯ: ފޮރިން މިނިސްޓްރީ

farudhun logo

ފަރުދުން

26 މޭ 2025، 08:47

26 މޭ 2025، 08:47

ރާއްޖެ އާއި އިންޑިއާ އެކު ބާއްވާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދެއް ބައިވެެރިވެއްޖެއެވެ.

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު އިންޑިއާގެ ނިއުދިއްލީގައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުން ތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އެކުލަވާލެވުނު ތަޞައްވަރު، 'އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް' ގެ ތެރެއިން އުފެދިފައިވާ އަދި މި ތަޞައްވަރުގެ އެންމެހައި ކަންކަންކުރިއަށް ގެންދިއުމާގުޅޭ މަޝްވަރާ ބައްދަލުވުން ތަކެއް ކަަމަށެވެ.

މި ގޮތުން، ޖަނަވަރީ 29 ގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައި ކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވެސް ނިންމުނެވެ.  

މިއަދު ބޭއްވުނު ހައިލެވަލް ކޯ ގުރޫޕް ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތައް ހިމެނޭ އިސް ވަފުދެއް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS