ޚަބަރު
ކުރިއަށް އޮތް ފަސްދުވަހު މޫސުން ގޯސް، ވިއްސާރަވެ ކަނޑުގަދަވާނެ: މޫސުމާބެހޭ ޤައުމީ އިދާރާ

މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފަ- ފޮޓޯ: ދަ ޕްރެސް
ކުރިއަށް އޮތް ފަސްދުވަހު މޫސުން ގޯސް ކަމަށާއި ވިއްސާރަވެ ކަނޑުގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ބެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ އަތޮޅުގެ ރަށްރަށަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ، ވައިގަދަވެ ކަނޑުތައްގަދަވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އިލްތިމާސްކުރައްވާ ކަަމަށެވެ.