Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް ސިނގިރެޓް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް ސިނގިރެޓް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓު: ފޮޓޯ- ފުލުހުން

farudhun logo

ފަރުދުން

25 މޭ 2025، 09:59

25 މޭ 2025، 09:59

ޤާނޫނާއި ޤަވާއިދާ ޚިލާފަށް ސިނގިރެޓް ރާއްޖެ އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. 

 ފުލުހުން ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނިފައިވާކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އަބްދުލް ކަރީމް، (45އ) އެވެ. މި މައްސަލައިގެ އިތުރުން މީނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

 މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS