Ads by Stelco

ޚަބަރު

ތިމާވެށީގެ ދުވަހަށް ސްކޫލްތަކުން ގަސް އިންދުމާގުޅޭ މަޝްވަރާކޮށްފި

ތިމާވެށީގެ ދުވަހަށް ސްކޫލްތަކުން ގަސް އިންދުމާގުޅޭ މަޝްވަރާކޮށްފި

ތިމާވެށީގެ ދުވަހަށް ސްކޫލްތަކުން ގަސް އިންދުމާގުޅޭ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

farudhun logo

ފަރުދުން

25 މޭ 2025، 09:51

25 މޭ 2025، 09:51

ދުނިޔޭގެ ތިމާވެށީގެ ދުވަހަށް ސްކޫލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާކޮށްފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ރާއްޖޭގެ ސްކޫލްތަކުން ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ 5 މިލިއަން ގަސް މަޝްރޫޢުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި، ދަރިވަރުންގެ މެދުގައި ތިމާވެށި ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ގަސްގަހާގެހި އިންދުމުގެ މުހިންމުކަން އުނގަންނައިދިނުމަށް ރޭވިފައިވާކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ހާމަކުރިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމްތަކުގެ ސަބަބުން ކުޑަ އިރުއްސުރެ ދަރިވަރުންނަށް ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އެނގި، އެކަމަށް އަހުލުވެރިވެގެންދާނެ ކަމަށެވެ. އަދި މުސްތަޤުބަލުގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ޖީލެއް އުފެދިގެންދާނެ ކަމަށްވެސް އެ މިިނިސްޓްރީން ވިދާޅުވިއެވެ

ހަމައެއާއެކު ސްކޫލްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ދަރިވަރުންނަށް ޢަމަލީ ގޮތުން ތަޖުރިބާ ލިބޭނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ދަރިވަރުންގެ މެދުގައި ތިމާވެށްޓަށް ލޯބިކުރުމުގެ ރޫހު އާލާވެގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށެވެ. މި ޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސްކޫލްތަކުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS