ޚަބަރު
މުލީގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

މުލީގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި
މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ.
މުލީގައި މި ޚިދުމަތް ފެށުމާއިއެކު މ.އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް މިކަމުގެ ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއީ ބޮޑު ޚަރަދުކޮށްގެން މާލެއަށް ނުވަތަ އެހެން ރަށަކަށް ޑައިލިސްިސްގެ ޚިދުމަތް ހޯދަން ޖެހުން ނިމުމަކަށް އައުން ކަމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ. މ އަތޮޅަކީ މިއަހަރުގެ ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށުނު 3 ވަނަ ރަށެވެ.
މިއަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައަލިސިސްގެ ޚދިުމަތް ވަނީ ފަށާފައެވެ. އަދި އޭޕްރީލް މަހު ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވަނީ މި ޚިދުމަތް ފަށާފައެވެ. ސަރުކަރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ.
ޑައިލިސިސްގެ ޚިދުމަތް މިހަރު ނުލިބެނީ އއ ، އދ، ވ، ފ، އަދި ދ އަތޮޅުގައެވެ.