Ads by Stelco

ޚަބަރު

މިރޭވެސް ހުޅުމާލޭގައި ހަވާ އަރުވަނީ

މިރޭވެސް ހުޅުމާލޭގައި ހަވާ އަރުވަނީ

މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއަރުވަނީ

24 މޭ 2025، 03:20

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަޙައްދުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފަވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ފަރުކޮޅުފުށީގައި މިރޭ 21:45 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.



ޚާއްސަ ހަރަކާތްތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.
 
 

މި ލިޔުން ކިޔާލުމުން

Ads by MSS