ކޮލަމް

ގޫގުލް މީޓްގައި ލައިވް ތަރުޖަމާ: ބަސްނުދަންނަ މީހުންނަށް ލުޔެއް

ގޫގުލް މީޓްގައި ލައިވް ތަރުޖަމާ: ބަސްނުދަންނަ މީހުންނަށް ލުޔެއް

ގޫގުލް މީޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 02:42

22 މޭ 2025، 02:42

އޮންލައިން ވީޑިއޯ ޗެޓްތަކުގައި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި އަޑުއެހުމަށް ދަތިވާ ފަރާތްތަކަށް އައު ހައްލެއް ގޫގުލްއިން ތަޢާރަފުކޮށްފިއެވެ. މި ކުންފުނީގެ އަހަރީ އައި.އޯ ޑިވެލޮޕަރ ކޮންފަރެންސްގައި ތަޢާރަފުކުރި މި އައު ފީޗަރއަކީ ގޫގުލް މީޓްގައި ލައިވްކޮށް ވާހަކަ ތަރުޖަމާކޮށްދޭ ޚިދުމަތެކެވެ.
ޖެމިނައި އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ފީޗަރ މެދުވެރިކޮށް، ވީޑިއޯ ކޯލެއްގައި އެއް ފަރާތަކުން އިނގިރޭސި ނުވަތަ ސްޕެނިޝް ބަހުން ވާހަކަދައްކާއިރު، އަނެއް ފަރާތުން އުރުދޫ ބަހުން ވާހަކަދެއްކިޔަސް، ދެފަރާތަށްވެސް އަޑުއިވޭނީ އެމީހުންގެ އަމިއްލަ ބަހުންނެވެ. އަދި މި ތަރުޖަމާގާގައި ވާހަކަދައްކާ މީހާގެ އެ އަޑުގެ ރާގާއި، އިންޓަނޭޝަނާއި، އިހުސާސްތައްވެސް ހިމެނޭނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
ގޫގުލްގެ ސީއީއޯ ސުންދަރ ޕިޗައި ވަނީ ކޮންފަރެންސްގައި މި ފީޗަރގެ ލައިވް ޑެމޮންސްޓްރޭޝަނެއް ދައްކާލާފައެވެ. މި ޑެމޮންސްޓްރޭޝަންގައި އިނގިރޭސި ބަހުން ވާހަކަދައްކާ މީހަކާއި ސްޕެނިޝް ބަހުން ވާހަކަދައްކާ މީހަކު މުވާސަލާތުކުރަނިކޮށް ދައްކާލިއެވެ.
މިހާރު މި ފީޗަރ ތަޢާރަފުކޮށްފައިވަނީ އިނގިރޭސި އަދި ސްޕެނިޝް ބަހަށެވެ. އަދި ބީޓާ ވަރޝަންގެ ގޮތުގައި ގޫގުލް އޭއައި ޕްރޯ އަދި އަލްޓްރާ ސަބްސްކްރައިބަރުންނަށް ލިބެން ފަށާފައިވެއެވެ. ގޫގުލްއިން ބުނާ ގޮތުގައި އިތުރު ބަސްތަކަށް މި ފީޗަރ ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، ގިނަ ބޭނުންކުރާ ފަރާތްތަކަށް މި ޚިދުމަތް ލިބޭނެ ގޮތް ވެސް ހަދައިދޭނެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS