Ads by Stelco

ޚަބަރު

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އެޑްވާންސް ޓީމު ރާއްޖެ ވަޑައިގަންނަވައިފި

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އެޑްވާންސް ޓީމު ރާއްޖެ ވަޑައިގަންނަވައިފި

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އެޑްވާންސް ޓީމު ރާއްޖެ ވަޑައިގަތުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

16 މޭ 2025، 07:13

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އެޑްވާންސް ޓީމުގެ އިސް ވަފުދެެއް މިއަދު ރާއްޖެ ވަޑައިގަންނަވައިފި އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތަކީ، ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރެވިގެންދާ ޚިދުމަތެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަދު ރާއްޖެ ވަޑައިގެންނެވި ސަޢުދީގެ އިސް ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮފިޝަލުން ކަމަށެވެ. އަދި މިވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި، އެ ޤައުމުގެ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން، ކަމާގުޅުންހުރި މުޢައްްސަސާތަކުގެ ބޭފުޅުން ހިމެނޭކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެެއްޓެވުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުގައިކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ، މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިނީޝިއޭޓިވް އަކީ، ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަކީ، ދިވެހިރާއްޖެއާއި ސަޢުދީ އާއި ދެމެދު އޮތް ވަރުގަދަ ގުޅުން ހާމކޮށްދޭކަމަކަށް ވީއިރު، މި މަސައްކަތް ކުރިއަށް ގެންދަވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS