Ads by Aqeeqa Maldives

ޚަބަރު

ކުޑަފަރީގައިވެސް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޑަފަރީގައިވެސް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޑަފަރީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން: ފޮޓޯ- ބީއެމްއެލް

15 މޭ 2025، 01:18

ނ.ކުޑަފަރީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.

ކުޑަފަރީގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ. މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޑަފަރީ އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ ހުރިހާ ރައްޔިތުންވެސް މާލީ ގޮތުން ބައިވެރިވުން އިހުސާސް ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށެވެ. 

ކުޑަފަރީ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ. ކުޑަފަރީފަރީގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS