ޚަބަރު
ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން- ސާޖިދާ މުޙައްމަދު : ފޮޓޯ: ރައީސް އޮފީސް
ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މި ދުވަހާއި ގުޅިގެން އެކަމަނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އުފަލާއި ހިތާމައިގަ، އަދި ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމުގައެވެ. ހަަމައެއާއެކު ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށާއި ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ. މެޑަމް ސާޖިދާ ވަނީ މި ދުވަހު މަރްޙަބާއާއި ތަހުނިޔާ ޢާއިލާތަކަށް ފޮނުއްވާފައެވެ.
އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ. ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް.
— First Lady Sajidha Mohamed (@sajidhaamohamed) May 15, 2025
ދިވެހި ޢާއިލާތަކަށް ބަދަހިކަމާއި ހަމަޖެހުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، މި އުފާވެރި… pic.twitter.com/4UrJ1pH9DR
މި ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ޢާއިލާތަކަށް ތަޙުނިޔާ ފޮނުއްވާފައެވެ. ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.