Ads by Aqeeqa Maldives

ޚަބަރު

ހެނބަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހެނބަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހެނބަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުން

15 މޭ 2025، 11:47

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނ.ހެނބަދޫގައި  ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. މި ރަސްމިޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފު ގެ އިތުރުން ކެނދިކުުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަފޫ ހާމިދު ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި މާލީ މުހިންމު ހުރިހާ ޚިދްމަތް ލިބޭނެފަދަ އިންތިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ. މި އެއްބަސްވުމުގެ ދަށުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެއަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS