ކޮލަމް

ސަޢޫދީ ޢަރަބިއްޔާ ރަސްމީ ޕްރޮޓޮކޯލް ދޫލަ ރަތް ކުލައިން ދަނބު ކުލައަށް ބަދަލުކުރި ސަބަބު!

ސަޢޫދީ ޢަރަބިއްޔާ ރަސްމީ ޕްރޮޓޮކޯލް ދޫލަ ރަތް ކުލައިން ދަނބު ކުލައަށް ބަދަލުކުރި ސަބަބު!

ސައުދީ ޢަރަބިއްޔާގެ ދަނބުކުލައިގެ ދޫލަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2025، 10:26

14 މޭ 2025، 10:26

ސަޢޫދީ ޢަރަބިއްޔާގެ ސަގާފަތާއި އާދަކާދައަށް ބޮޑު ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، އެ ޤައުމުގެ ރަސްމީ ޕްރޮޓޮކޯލް ދޫލަ ރަތް ކުލައިން ދަނބު ކުލައަށް 2021 ވަނަ އަހަރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަގާފަތާއި ގުޅުން ހުރި ކުލައެއްގެ ގޮތުގައި ދަނބު ކުލަ ފާހަގަކުރެވޭތީއެވެ.

ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފައިވާ ގޮތުގައި ދަނބު ކުލައިގެ ކާޕެޓަކީ އެ ޤައުމުގެ ޞަޙަރާތަކާއި، ވާދީތަކުގައި ބަހާރު މޫސުމުގައި ފެންނަ ކުލައާ އެއްގޮތް ކުލައެކެވެ. މި ކުލައަކީ އެ ޤައުމުގެ ދަނބު ކުލައިގެ މާތަކާއި، ޖަކަރަންޑާ ގަސްތަކުގެ ކުލައާވެސް ދާދި އެއްގޮތް ކުލައެކެވެ.

ސަޢޫދީ ޢަރަބިއްޔާ ރަސްމީ ޕްރޮޓޮކޯލް ދޫލަ ރަތް ކުލައިން ދަނބު ކުލައަށް ބަދަލުކުރި ސަބަބު!

ބަހާރު މޫސުމުގައި ސައުދީގައި ފޮޅޭ ދަނބުކުލައިގެ މާތައް

ސަޢޫދީ ޢަރަބިއްޔާގެ ސަގާފަތާއި ރަސްމީ ޕްރޮޓޮކޯލް މިނިސްޓްރީން މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަސީރު ޕްރޮވިންސްގެ ވެރިރަށް އަބްހާގައި ފޮޅޭ ޖަކަރަންޑާ މާތަކުގެ ކުލައާ ގުޅުވައިގެންނެވެ. މީގެ އިތުރުން، މި ބަދަލަކީ ސަޢޫދީ ޢަރަބިއްޔާގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަސީރު ޕްރޮވިންސްގެ ފަރުބަދަތަކާއި މޫސުމާއި، އެ ސަރަހައްދުގެ ގަބީލާތަކުގެ އާދަކާދަ ފަދަ ކަންކަން ކުރިއަރުވަން ކުރެވޭ މަސައްކަތުގެ ބައެއްވެސް މެއެވެ.

އައު ދަނބު ކުލައިގެ ކާޕެޓްގެ ކައިރީގައި ހިމަނާފައިވާ ޖިއޮމެޓްރިކް ޑިޒައިނަކީ "ސަދޫ ވީވިންގގެ" ފަންނަށް ނިސްބަތްވާ ޑިޒައިނެކެވެ. މިއީ ބަދަވީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެފައި، ފަހަކަށް އައިސް ޔުނެސްކޯގެ އިންޓޭންޖިބަލް ހެރިޓޭޖް ލިސްޓުގައި ހިމަނާފައިވާ ކަމެކެވެ.

މި ބަދަލާ ގުޅިގެން ގިނަ ފަރާތްތަކުން ތަޢުރީފުކޮށްފައިވެއެވެ. އޭގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ފްރާންސްގެ ސަފީރު ލުޑްވިގް ބޯވީ ހިމެނެއެވެ. އޭނާ ވަނީ  ދަނބު ކުލަ އަކީ އޭނާއަށް އެންމެ ރީތި ކުލަ ކަމަށް ބުނެ، ފްރާންސްގެ ދަނޑުތަކުގައި ފެންނަ ދަނބު ކުލައިގެ މާތަކުގެ ފޮޓޯއަކާއި، ސަޢޫދީ ޢަރަބިއްޔާގެ ޞަޙަރާގައި ބަހާރު މޫސުމުގައި ފެންނަ ދަނބު ކުލައިގެ މާތަކުގެ ފޮޓޯއެއް ޓްވިޓަރުގައި ޝާއިޢުކޮށްފައެވެ.
                    




                    

މި ލިޔުން ކިޔާލުމުން

Ads by MSS