Ads by Aqeeqa Maldives

ޚަބަރު

ލާމު އަތޮޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުއެއްގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަނީ

ލާމު އަތޮޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުއެއްގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށަނީ

ތޮއްޑޫ ކަރާ ދަނޑުތައް ފޮޓޯ:އެޓޯލް ޓައިމްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2025، 12:49

14 މޭ 2025، 12:49

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ފުށިދިއްގަރުފަޅުގައި ފެށުމަށް ނިންމާފައިވާ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން، ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުށިދިއްގަރުފަޅުގައި ކަމަށާއި، މި މަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމަށް ވަގުތު ބޭނުންވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ލާމު އަތޮޅުގައި ވާނީ ބިމެއް ފާހަގަކޮށްފަ. މިމަސް ނިމޭހާތާގަ އަޅުގަނޑުމެން އެވާހަކަ ދައްކާ އަދި ބިމުގަ ހައްދާނީ ކޮން ބާވަތެއްގެ އެއްޗެއްތޯ ބަލާ ޕްލޭންކޮށް މި އަންނަ މަހު އެ މަސައްކަތް ފެށޭނެ  

ޑރ. މަރްޔަމް މާރިޔާ

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދު ގާއިމްކުރުމަށް 100 ހެކްޓަރުގެ ބިމެއް ހިއްކުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުގެ ޢަމަލީ މަސައްކަތްތައް 2026 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ އެކަމަށް ހައްލުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓަރމިނަލްތައް ޤާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި ޢުމްރާނީ ވަސީލަތްތައް މި ސަރަޙައްދުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS