Ads by Aqeeqa Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ޚާއްޞަ ޕްރޮގްރާމެއް ފެށުން- ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

13 މޭ 2025، 12:31

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ޚާއްސަ ސަޕޯޓް ގުރޫޕްތަކެއް ފަށައިފިއެވެ.

 މިއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިޔަ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ނަފްސާނީ އެހީތެރިކަމާއި، ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި މަމްސް އެއިޑް ގުޅިގެންނެވެ. 

އެ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަކު އަނެކަކަށް އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރުމާއި، އެކަކު އަނެކަކަށް ހިތްވަރުދިނުމާއި، ކުދިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިތްވަރު ހޯދާ ގޮތްތަކާއި، ކުދިން ބަލަހައްޓަމުން އަމިއްލަ ނަފްސަށް ވަގުތު ހޯދުމާއި، އަމިއްލަ ނަފްސު ބަލަހައްޓާނެ ގޮތްތައް ކިޔައިދިނުންފަދަ މަޢުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ. 

އެކި ބެޗްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބައި ރޭގައި ވަނީ ކުރިއަށްގެންގޮސްފައެވެ.  ހިޔާ ސަރަހައްދުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން، މި ސަޕޯޓް ގްރޫޕްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 

މި ޕްރޮގްރާމުގައި ސަޕޯޓް ގްރޫޕުގެ އުސޫލުން މި ޕްރޮގްރާމު  6 ހަފްތާއަށް ކުރިއަށްދާނެއެވެ. އެގޮތުން، ކޮންމެ ގްރޫޕެއްގައިވެސް 10 ބައިވެރިން ތިބޭއިރު ޖުމްލަ 13 ބައްދަލުވުން ބޭއްވުމަށް ރާވާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެެވެ. އަދި މި ބައްދަލުވުންތައް ކޮންމެ ހަފްތާއެއްގެ ދެ ދުވަހު އޮންނާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS