Ads by Aqeeqa Maldives

ޚަބަރު

އައްޑޫ މީދޫގައި ފިޓްނަސް ސެންޓަރަކާއި ވޮލީ ޓާފެއް އަދި ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތް ފަށަނީ

އައްޑޫ މީދޫގައި ފިޓްނަސް ސެންޓަރަކާއި ވޮލީ ޓާފެއް އަދި ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތް ފަށަނީ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ އައްޑޫ ސިޓީ މީދޫ ކައުންސިލާ ބައްދަލުކުރައްވާ މީދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2025، 12:23

11 މޭ 2025، 12:23

އައްޑޫ ސިޓީ މީދޫގައި ފިޓްނަސް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމާއި، ވޮލީ ޓާފެއް އެޅުމާއި، އަދި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޔަގީންކަން ދެއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ވަޒީރު މި ޔަގީންކަން ދެއްވާފައިވަނީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ކަމާގުޅޭ ދާއިރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ދަތުރުފުޅުގައި ވަޒީރު ވަނީ އައްޑޫ ސިޓީ މީދޫގެ ކުޅިވަރުގެ ހާލަތާ ގުޅޭގޮތުން ދާއިރާގެ ކައުންސިލާއި، މީދޫ އަވަށު އޮފީހާއި، އަދި އެކި ކުޅިވަރުތަކުގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު މަޝްވަރާކުރައްވާފައެވެ.



ހަފުތާ ބަންދުގައި ކުރެއްވި މި ދަތުރުފުޅުގައި، ވަޒީރު ރާފިޢު ވަނީ ހޮނިހިރު ދުވަހު އައްޑޫ ސިޓީ މީދޫއަށް ވަޑައިގެން ފުޓްބޯޅަ އަދި ހޭންޑްބޯޅަ ކުޅޭ ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، އެ ރަށުގައި ކުޅިވަރުކުޅޭ ތަންތަން ބައްލަވާލައްވާފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS