Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެއަށް 21 އަަހަރު : ހިތްގައިމު މާހައުލެއްގައި ފިލްމުބަލާލަން ގިނަ އާއިލާތަކާއި އެކު އުފާވެރި ވަގުތުކޮޅެއް

ހުޅުމާލެއަށް 21 އަަހަރު : ހިތްގައިމު މާހައުލެއްގައި ފިލްމުބަލާލަން ގިނަ އާއިލާތަކާއި އެކު އުފާވެރި ވަގުތުކޮޅެއް

ފޭސް 2 ގައި ބޭއްވުނު މޫވީ ނައިޓް ފޮޓޯ:ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2025، 09:32

11 މޭ 2025، 09:32

ހުޅުމާލޭގައި އިއްޔެ  ބޭއްވުނު "މައި ހުޅުމާލޭ ފެސްޓިވަލް" ގެ ފެމިލީ ކާނިވަލްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ، ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިއެވެ. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް އަދި އެމްޑީ މައުރޫފް ޖަމީލް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގެން ކޭކު ފަޅުއްވާފައެވެ.

ހުޅުމާލޭ ފޭސް2ގެ ޕާކުގައި ބޭއްވުނު މި ކާނިވަލްގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ބައުންސީ ކާސްލް، ފޯމް ޕާޓީ އަދި ތަފާތު ކުޅިވަރުތައް ހިމެނެއެވެ. އަދި "ރޯބޯމަން" ގެ ޝޯވެސް ވަނީ ބާއްވާފައެވެ.

މި ކާނިވަލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރޭގަނޑު ތަރިތަކުން ފުރިގެންވާ ހިތްގައިމު މާހައުލެއްގައި ބޭއްވުނު ފިލްމު ބެލުމުގެ  ހަރަކާތެވެ. މިއީ އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބުނު ތަޖުރިބާއެކެވެ. މިހަރަކާތަށް ގިނަ އާއިލާތަކެއްގެ ތަރުހީބުވަނީ ލިބިފައެވެ. މެޓްތައް އަޅާލައިގެން ކުދިން ފިލްމު ބަލާލަންތިބީ ވަރަށް ޝައުގުވެރިކަމާއި ހިތްހަމަޖެހުމާއިއެކުއެވެ.



މި ކާނިވަލް އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، އޫރީދޫ މޯލްޑިވްސް އަދި އައިލެންޑް ބެވެރެޖަސް މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ. މި ކާނިވަލްގެ ސަބަބުން ހުޅުމާލޭގެ މުޖުތަމައުގައި އެކުވެރިކަން އިތުރުވެ، ހަނދާނުން ނުފޮހެވޭފަދަ އުފާވެރި ހަނދާންތަކެއް އުފެދިގެން ދިޔަކަމަށް ބައިވެރިން ފާހަގަކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS