Ads by Aqeeqa Maldives

ޚަބަރު

ދުނިޔޭގެ ކުރިއެރުމުގެ ފަހަތުގައިވާ ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް މުޢިއްޒު

ދުނިޔޭގެ ކުރިއެރުމުގެ ފަހަތުގައިވާ ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 މޭ 2025، 09:20

11 މޭ 2025، 09:20

ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު  މުޢިއްޒު  ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ  މަންމައިންގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ އެކްސް  އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ މަންމައިންގެ ދުވަހަކީ އެންމެ އަގުހުރި ޤުރުބާނީއާއި މައިވަންތަކަމުގެ ލޯބި އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށާއި އަދި މި އުފާވެރި ދުވަހުގެ ތަހުނިޔާ ހުރިހާ މަންމައިންނަށް ފޮނުއްވާ ކަމަށެވެ.



މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެއެވެ. ކޮންމެ އަހަރެއްގެ މޭމަހުގެ ދެވަނައަށް އަންނަ އާދިއްތަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ ގޮތުގައެވެ.

މިއަދު އެކިގޮތަގޮތުން މަންމައިންގެ ދުވަސް ފާހަގަކުރާއިރު މަންމައިންގެ ދުވަހަކީ ވަކި ދުވަހެއްގައި ފާހަގަކުރަން އޮތް ދުވަހެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ދުވަހެއް ފާހަގަކުރަނީ މަންމައިންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މިފަދަ ދުވަހަކު މައިންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS