Ads by Aqeeqa Maldives

ޚަބަރު

އައްޑޫ ކައިރިން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓަކަށް ކޯސްޓްގާޑުން އެހީތެރިވެއްޖެ

އައްޑޫ ކައިރިން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓަކަށް ކޯސްޓްގާޑުން އެހީތެރިވެއްޖެ

"ސަންޑާލީ ވެލެންޓިނާ" ނަމަކަށްކިޔާ ލަންކާ ބޯޓަކަށް ސިފައިން އެހީތެރިވަނީ ފޮޓޯ: އެންއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2025، 02:54

10 މޭ 2025، 02:54

އައްޑޫ ސިޓީގެ ހުޅަނގުން އޮޔާދިޔަ ސްރީލަންކާގެ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިގޮތުގައި، "ސަންޑާލީ ވެލެންޓިނާ" ނަމަކަށް ކިޔާ މި މަސްބޯޓު އޮޔާދާކަމުގެ މަޢުލޫމާތު ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ކޯސްޓްގާޑަށް ދިނުމާ ގުޅިގެން، އެ ބޯޓު މޮނިޓަރ ކުރެވުނެވެ. މި ބޯޓުގައި 6 ފަޅުވެރިން ތިބިކަމަށާއި، އެ އެންމެންގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ގައި ސިފައިން ވަނީ އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށްފައެވެ. މިއަދު ހެނދުނު 8:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން 15 ނޯޓިކަލް މޭލު ބޭރުގައި އޮތް އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS