ޚަބަރު
ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުގެ ހަލުވިކަމާއި ފެންވަރު ރަނގަޅުކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން މުހިންމު:ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ:އިންޓަނެޓް
ޑިޖިޓަލް ޓްރާންސްފޮމޭޝަން އަކީ ހަމައެކަނި އިލެކްޓްރޯނިކް ވޯޓިންގ އާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މޯލްޑިވްސް 2.0 އަކީ މިހާރު ކޮންމެހެން ބޭނުންވެފައިވާ ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
Digital transformation isn't about electronic voting – Maldives 2.0 is a necessity. President @MMuizzu recognizes this reality. Whether for government leadership, accountability, or most importantly, the efficiency our public deserves – one certainty remains: we must urgently… https://t.co/uPcODUy18Z
— Mohamed Saeed (@em_saeed) May 10, 2025
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޙަޤީޤަތް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުގެ ލީޑަރޝިޕް، ޖަވާބުދާރީވުން އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުގެ ހަލުވިކަމާއި ފެންވަރު ރަނގަޅުކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން މުހިންމު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ޑިޖިޓަލް ގެޕް އަވަހަށް ކުޑަކުރަން ޖެހޭކަން ކަށަވަރު. މިއީ ޙަޤީޤަތް. އިތުރު އެއްވެސް ސްޕިނެއް މިކަމުގައި ބޭނުމެއް ނުވޭ
ވަޒީރު ސަޢީދު
ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމުކަން ފާހަގަކޮށް، ސަރުކާރުން މި ދާއިރާއަށް އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ކަމަކީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.