ޚަބަރު
ވޯޓްލުން ފިޔަވާ ހުރިހާކަމެއް ޑިޖިޓަލައިޒް ކުރަން ނިންމެވުމަކީ ޤައުމުގެ ތަރައްޤީއަށް އެޅުއްވި އިޚްލާސްތެރި ފިޔަވަޅެއް: ވަޒީރު އާދަމް ޝަރީފް

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފޮޓޯ:ރައީސް އޮފީސް
ވޯޓްލުން ފިޔަވާ ހުރިހާކަމެއް ޑިޖިޓަލައިޒް ކުރަން ނިންމެވުމަކީ ޤައުމުގެ ތަރައްޤީއަށް އެޅުއްވި އިޚްލާސްތެރި ފިޔަވަޅެއް ކަމަށް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެރޭ ނަސަންދުރައިގައި އިފްތިތާޙްކުރެވުނު "މޯލްޑިވްސް 2.0" ޕްރޮގްރާމްއަށް އަލިއަޅުއްވާލައްވަމުން ކުރެއްވި ޕޯސްޓެއްގައެވެ.
ޓިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ކޮރަޕްޝަން މަދުކުރެވޭނެ ކަމަށާއި އަދި ހިންގުން އަވަސް ކުރެވޭނެކަމާއި ، ދެފުށްފެންނަ ނިޒާމެއް ޤާއިމުކުރެވި ރައްިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެކަމަށް ވަޒީރުގެ ޕޯސްޓުގައި ވަނީ ފާޙަގަކުރައްވާފައެވެ.
ބާސެލޯ ނަސަންދުރާގައި "މޯލްޑިވްސް 2.0" ނުވަތަ ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވޭނީ ޑިޖިޓަލައިޒް ކުރެވޭ މިންވަރަކުން ކަމަށެވެ.
Vote lun fiyavaa hurihaa kameh digitalise kuran @MMuizzu nimmevumakee qaumu tharaqqee kurumah elhuvvi ikhulaastheri fiyavalheh.
— Adam Shareef Umar (@Adamshareefz) May 10, 2025
Digital Transformation ge sababun corruption madhu kureveyne, Hingun avas kureveyne, Transparent kureveyne, Rayyithunnah lui faseyhakan genesdheveyne. pic.twitter.com/24C7wvFBdi
ސަރުކާރުން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން މަޝްރޫޢޫގެ ތެރޭގައި ވަރަށް ގިނަ ލަނޑުދަނޑިތަކެއް ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ކިތަންމެ ބޮޑު ނަމަވެސް ހާސިލްކުރެވޭނެ ލަނޑުދަނޑިތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި މަސައްކަތުގެ ތެރެއިން އެސްޓޯނިއާގައި ބޭނުން ކުރާ ނިޒާމުގައި ހުރި ކަންކަން ރާއްޖެއިން ހާސިލްކުރުމަށް ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ ބޮޑު ކާމިޔާބީ އަކަށް، ހާސިލްވެގެންދާނީ މައުލޫމާތު ހޯދައި ލިބިގަތުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.