ޚަބަރު
"މޯލްޑިވްސް 2.0" ޕްރޮގްރާމްގެ ދަށުން އީ-ވޯޓިންގ ތަޢާރަފްކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: ވަޒީރު އިޙްސާން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އަދި ރޭ ބޭއްވުނު "މޯލްޑިވްސް 2.0" ޕްރޮގްރާމްގެ އިފްތިތާޙީ ޖަލްސާގައިވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ، އީ-ވޯޓިންގ ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދިވެހިރާއްޖޭގައިވެސް ތަޢާރަފްކުރަންވާނެ ކަމަށްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވެފައިވަނީ، ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފްގެ ސޯޝަލް މީޑިއާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. މަޚްލޫފްގެ ޕޯސްޓުގައި "މޯލްޑިވްސް 2.0" އަކީ އިލެކްޓްރޯނިކް ވޯޓިންގ ތަޢާރަފްކޮށް އިންތިޚާބު އޮޅުވާލުމުގެ މަޤްޞަދުގައި ފެށި މަސައްކަތެއް ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.
ރައީސް އަރިހުގައި އެސްޓޯނިއާއަށްވެސްދެވި އަދި ރޭގެ ޖަލްސާގަވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިއްމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަމެވެ. އެސްޓޯނިއާގަވެސް އަދި ރޭގަވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިންގ ފިޔަވައި… https://t.co/OpMPdI1IQh
— Minister of Homeland Security & Technology (@min_mohst) May 10, 2025
"މޯލްޑިވްސް 2.0 ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުމާއި، ޚަރަދު ކުޑަކުރުމާއި، ޚިދުމަތްތައް އަވަސްކުރުމާއި އަދި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމެވެ. އީ-ވޯޓިންގއެއް ނޫން،" މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުދާޅުވީ ބައެއް ކަންކަމަކީ ޤައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަންކަމާއި މިއީ އެފަދަ ކަމެއްކަމުގައެވެ.
"މޯލްޑިވްސް 2.0" ޕްރޮގްރާމްގެ ދަށުން އީ-ވޯޓިންގ ތަޢާރަފްކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމެވެ. އެހެންނަމަވެސް، ދައުލަތުގެ އެހެނިހެން ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު އިޝާރާތްކުރެއްވިއެވެ. މިއީ ރައީސް މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެއްކަން މިނިސްޓަރ ސާފުކޮށްދެއްވިއެވެ.