Ads by Aqeeqa Maldives

ޚަބަރު

ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ:ރައީސް މުޢިިއްޒު

ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ:ރައީސް މުޢިިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މޭ 2025، 10:07

10 މޭ 2025، 10:07

ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރެވޭ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެކްސް  ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވަނީ ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކުދިންނާއި ކުދިންގެ ޢާއިލާތަކަށް އަރިސްކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މާދަމާ ދިވެހި ޤައުމު ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާނީ މިއަދުގެ ކުޑަކުދިންނެވެ. އެހެންކަމުން، އެކުދިންނަށް އަމާން ދަތުރެއް މާދަމާ ކުރެވޭނީ، އަދި އެކުދިންނަށް ޤާބިލްކަމާއި ހިތްވަރު ލިބޭނީ މިއަދު އެކަމަށް މަސައްކަތް ކޮށްދީގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" އެވެ. މި ޝިޢާރުން ރަމްޒުކޮށްދެނީ މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ މުހިންމުކަމާއި، އެކަމުން ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަދާކުރާ މުހިންމު ދައުރެވެ.

ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރެވޭ ދުވަހެކެވެ.ކެވެ. މި ދުވަހަކީ ކުޑަކުދިންގެ ޙައްޤުތަކާއި ދުޅަހެޔޮކަމަށް އަލިއަޅުވާލައި، އެކުދިންގެ ކުރިމަގު އުޖާލާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS