Ads by Aqeeqa Maldives

ޚަބަރު

ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކަށް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ފުރުޞަތު ދިނުމަށް ރައީސް މަޝްވަރާކުރައްވައިފި

ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކަށް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ފުރުޞަތު ދިނުމަށް ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގައި ކަމާބެހޭ އިދާރާތަކާ ބައްދަލުކުރެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 މޭ 2025، 05:22

08 މޭ 2025، 05:22

ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކަށް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ފުރުޞަތު ދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ މިއަދު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައި ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ފަރާތްތަކުން ފާހަގަކުރެއްވި ކަންކަމާމެދު މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް، އެ ފަރާތްތަކުން ލިޔުމުން ހުށަހެޅުއްވި ކަންކަމާމެދު ވަނީ މަޝްވަރާކުރެވިފައެވެ. މީގެ ތެރޭގައި، ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކަށް އެއް ފުރުޞަތު ދިނުމުގައި އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.



މި މަޝްވަރާތަކުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ ފަރާތްތަކަށް އިންސާފުވެރި ފުރުޞަތުތަކެއް ފަހިކޮށްދިނުމާއެކު، އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމެވެ. އަދި މިކަމުގައި ޤާނޫނީ އަދި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތައް ހިފެހެއްޓުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS