Ads by Aqeeqa Maldives

ޚަބަރު

ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިިފި

ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިިފި

ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސް މުޢިއްޒު ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 މޭ 2025، 06:03

07 މޭ 2025، 06:03

ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ވާނުވާ ބަންދުގެ މައްސަލަ ޙައްލުކުރުމަށް އަޅުއްވަން ޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވަކާލާތުކުރައްވާ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ހޯދުމަށް ކުރިން ސަރުކާރުތަކަށްވުރެ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އަދި މި މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އޮތްކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ވަކާލާތުކުރައްވާ ބޭފުޅުން ހުށަހެޅުއްވި ޚިޔާލުތަކުގެ ތެރޭގައި ވާނުވާ ބަންދުގައި ތިބޭ މީހުން މޮނިޓަރކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ޤާއިމުކުރުމަށްފަހު އެއް ފުރުޞަތު ދިނުމާއި، ކޯޓުތަކުގެ އިދާރީ އަދި ޖާގައިގެ މައްސަލަތައް ޙައްލުކޮށް މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި އިންސާނީ ކަރާމާތަށް ދެއްވާފައިވާ މަތިވެރިކަމާއި، އިހުސާންތެރިކަމާއި އަދުލުވެރިކަން އިސްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމަށެވެ. އަދި މޮނިޓަރކުރެވޭ ނިޒާމެއްގެ ދަށުން އެއް ފުރުޞަތު ދިނުމުގެ އިމްކާނިއްޔަތު ބެއްލެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކުރައްވާނެ ކަމަށާއި، ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވަގުތީ ގޮތުން މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބެއްލެވުމަށާއި ބައްދަލުވުމުގައި ފާހަގަކުރެވުނު އެހެނިހެން ކަންކަމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވަކާލާތުކުރައްވާ ބޭފުޅުން ވާނުވާ ބަންދުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހުށަހަޅުއްވާފައިވާ ކަރުދާހެއް ރައީސަށް އެރުވިއެވެ. މި ކަރުދާހުގައި ވާނުވާ ބަންދާ ގުޅޭ ތަފާސް ހިސާބުތަކާއި އެކި މައްސަލަތަކުގެ މަޢުލޫޫމާތު ހިމަނާފައިވެއެވެ.

            

މި ލިޔުން ކިޔާލުމުން

Ads by MSS