ދުނިޔެ

އިންޑޮނޭޝިއާއަށް ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާއަށް ބިންހެލުމެއް އަތުވެއްޖެ

ބިން ހެލުން މޮނިޓަރކުރުން

07 މޭ 2025، 05:08

އިންޑޮނޭޝިއާއަށް ބިންހެލުމެއް އަތުވެއްޖެ އެވެ.

އެ ޤައުމަށް ބިންހެލުމެއް އައިސްފައިވާކަން ކަށަވަރުކޮށްދީފައި ވަނީ، ބިންހެލުންތައް މޮނިޓަރު ކުރަމުން އަންނަ އިންޑިއާގެ އިދާރާއެއް ކަމަށްވާ ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިންނެވެ.

ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާ އަށް މި ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ އުތުރު ސުމަޓްރާއަށް ރެކްޓަރު މިންގަނޑުން 5.1 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. އަދި މި ބިންހެލުން އައިސްފައިވަނީ، ކަނޑުގެ 70 ކިލޯމީޓަރު އަޑިން ކަމަށް ވެސް ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިން އިން ވަނީ ހާމަކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިއާ އަށް ސުނާމީގެ އެއްވެސް އިންޒާރެއް ދީފައެއް ނުވެއެވެ. ހަމަ އެހެންމެ، މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS