ކޮލަމް
މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ބޫޓު!

ދުނިޔޭގެ އެންމެ އަގުބޮޑު ބޫޓު
"ޕެޝަން ޑައިމަންޑް ޝޫސް" ގެ ނަމުގައި ތައްޔާރުކުރެވިފައިވާ މި ބޫޓުގެ އަގަކީ 17 މިލިއަން އެމެރިކާ ޑޮލަރު (62.4 މިލިއަން ދިރުހަމް) އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބްރޭންޑެއް ކަމަށްވާ ޖާދާ ދުބާއީ އާއި ޕެޝަން ޖުވެލަރސް ގުޅިގެން ތައްޔާރުކޮށްފައިވާ މި ބޫޓު ތަޢާރަފުކޮށްފައިވަނީ ދުނިޔޭގެ ހަމައެކަނި 7 ތަރީގެ ހޮޓެލް ކަމަށްވާ ބުރުޖު އަލް އަރަބުގައެވެ. މި ބޫޓު ތައްޔާރުކުރުމަށް 9 މަސް ދުވަހަށްވުރެ ގިނަ ދުވަސް ނަގާފައިވާ ކަމަށް ބުނެއެވެ.
މި ބޫޓުގެ އެންމެ ޚާއްޞަ ކަމަކީ އޭގައި ބޭނުންކޮށްފައިވާ އަގުބޮޑު މާއްދާތަކެވެ. އަސްލު ރަނުން ތައްޔާރުކޮށްފައިވާ މި ބޫޓުގައި ސަތޭއަށް ވުރެން ގިނަ ޖަވާހިރު ހަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 15 ކެރެޓްގެ ދެ ޖަވާހިރު ހިމެނެއެވެ. މި ހުރިހާ ޖަވާހިރަކީވެސް އެންމެ މަތީ ފެންވަރުގެ "ޑީ ފްލޯލެސް" ޖަވާހިރެވެ.
މި ބޫޓަކީ ޖާދާ ދުބާއީގެ ކަލެކްޝަންގެ ބައެކެވެ. މި ކަލެކްޝަންގައި 25،000 ޑޮލަރުގެ އަގުހުރި އެހެން ބޫޓެއްވެސް ހިމެނެއެވެ. ޢާންމުކޮށް ދައްކާލުމަށް ބެހެއްޓިފައިވަނީ މި ބޫޓުގެ 36 ސައިޒެވެ. ނަމަވެސް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފަރާތެއްގެ ސައިޒަށް ތައްޔާރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ބޫޓަކީ ބްރިޓިޝް ޑިޒައިނަރ ޑެބީ ވިންގްހަމް ތަޢާރަފުކުރި 15.1 މިލިއަން ޑޮލަރުގެ (55.4 މިލިއަން ދިރުހަމް) ވޫޓަށްވުރެ 2 މިލިއަން ޑޮލަރު އަގުބޮޑު ބޫޓެކެވެ. އަދި މިއީ ކްރިސްޓިއަން ލޫބުޓަންގެ މަޝްހޫރު "ސޯ ކޭޓް" ބޫޓުގެ 23،448 ޑޯލަރަށް ވިއްކާ ޖޯޑުގެ އަގާ އެއްވަރުގެ އަގެކެވެ.