ވިޔަފާރި

2026 ވަނަ އަހަރުން ފެށިގެން އެޕަލްއިން އައިފޯން އަހަރަކު ދެ ފަހަރު ތަޢާރަފުކުރަނީ

2026 ވަނަ އަހަރުން ފެށިގެން އެޕަލްއިން އައިފޯން  އަހަރަކު ދެ ފަހަރު ތަޢާރަފުކުރަނީ

އެޕަލް އައިފޯން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 މޭ 2025، 03:05

07 މޭ 2025، 03:05

އެޕަލް ކުންފުނިން އައިފޯން ތަޢާރަފުކުރުމުގެ ސްޓްރެޓެޖީއަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފިއެވެ. "ދަ އިންފޮމޭޝަން" އިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2026 ވަނަ އަހަރުން ފެށިގެން އެޕަލްއިން އައިފޯން ތަޢާރަފުކުރާނީ އަހަރަކު ދެ ފަހަރުއެެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮ ގޮތުން، އައިފޯން 18 ސީރީޒް ތަޢާރަފުކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. މި ދެ މަރުހަލާގެ ދެމެދުގައި 6 މަސްދުވަހުގެ ގެޕެއް އޮންނާނެއެވެ. އެގޮތުން، އައިފޯން 18 ޕްރޯ މޮޑެލްތައް ތަޢާރަފުކުރާނީ އާދަވެގެން އައިސްފައިވާ ގޮތަށް ސެޕްޓެމްބަރު މަހުގައެވެ. އަދި އަގު ހެޔޮ އައިފޯން 18 މޮޑެލްތައް ތަޢާރަފުކުރާނީ 2027 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

މީގެ އިތުރުން، އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯން ވެސް 2026 ވަނަ އަހަރު އައިފޯން 18 ޕްރޯ މޮޑެލްތަކާ އެކު ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. އަދި މިއަހަރުގެ ފަހުކޮޅު އެޕަލްއިން އެންމެ ތުނި އައިފޯން ކަމަށްވާ އައިފޯން 17 އެއަރ ތަޢާރަފުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މޮޑެލްގެ އައު ވަރޝަނެއް 2026 ވަނަ އަހަރު ވެސް ނެރުމަށް ވަނީ ރޭވިފައެވެ.

އަގު ހެޔޮ އައިފޯން 18 މޮޑެލްތައް އިންޑިއާގައި އުފެއްދުމަށް އެޕަލްއިން ވިސްނަމުންދާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ޗައިނާއަށް ކުރަންޖެހޭ އިތުބާރު ކުޑަކުރުމަށާއި، އެމެރިކާގެ ރައީސް އިމްޕޯޓް ޓެރިފްތައް މަތިކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS