ދުނިޔެ
3 ރަފާލް ޖެޓް ހިމެނޭހެން ޕާކިސްތާނުން އިންޓީއާގެ 5 ހަނގުރާމަމަތީ ބޯޓް ވައްޓާލައިފި

ރަފާލް ޖެޓެއް ފޮޓޯ:އިންޓަނެޓް
2025 ވަނަ އަހަރުގެ މޭ މަހުގެ 6 އިން 7 އަށް ވީ ރޭ، އިންޑިއާގެ "އޮޕަރޭޝަން ސިންދޫރު" އަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ އެއަރ ފޯސްއިން އިންޑިއާގެ 5 ހަނގުރާމަ ޖެޓް ވައްޓާލިކަމަށް ރިޕޯޓުކޮށްފިއެވެ. ޕާކިސްތާނުގެ ދިފާއީ އޮފިޝަލުން ބުނާ ގޮތުގައި މި ޖެޓްތަކުގެ ތެރޭގައި 3 ރަފާލް ޖެޓް، އެއް އެސްޔޫ-30 އަދި އެއް މިގް-29 ހިމެނެއެވެ. މި ޖެޓްތައް ވައްޓާލީ ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ޕާކިސްތާނުން ވައްޓާލި އިންޑީއާގެ ރަފާލް ޖެޓް
މި ހާދިސާއާ ގުޅިގެން، ރަފާލް ޖެޓް އުފައްދާ ފްރާންސްގެ ކުންފުނި ދަސޯލްޓް އޭވިއޭޝަންގެ ހިއްސާގެ އަގު ޔޫރަޕިއަން ސްޓޮކް މާކެޓްގައި 6 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. މާލީ ތަޙްލީލުވެރިން ބުނާ ގޮތުގައި މި ދަށްވުން އައިސްފައިވަނީ ޖެޓްތައް ގެއްލުނު ކަމަށް ބުނެވުނު ޚަބަރަށް އިންވެސްޓަރުން ދިން ރައްދެއްގެ ގޮތުންނެވެ.
އިންޑިއާއިން ވަނީ ފްރާންސްއާއެކު 7.4 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް، 26 އައު ރަފާލް ޖެޓް ގަތުމަށް ހަމަޖައްސާފައެވެ. މީގެ ތެރޭގައި ހިމެނެނީ 22 ސިންގަލް-ސީޓަރ އަދި 4 ޓްވިން-ސީޓަރ ޖެޓެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ޖެޓެއްގެ އަގަކީ 288 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ލަފާކުރެވެއެވެ. މި ޖެޓްތައް ލިބުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށެވެ.
ރަފާލް ހަނގުރާމަ ޖެޓްތައް މިހާރު ބޭނުންކުރަމުން ގެންދަނީ ފްރާންސްގެ އެއަރ ފޯސް އާއި ނޭވީ، މިސުރު، އިންޑިއާ، ޤަޠަރު އަދި ގްރީސްއިންނެވެ. ދަސޯލްޓް އޭވިއޭޝަނުން މިހާތަނަށް 299 ރަފާލް ޖެޓް އުފައްދާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.