Ads by Aqeeqa Maldives

ޚަބަރު

މިއީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މުހިންމު މަޝްރޫޢެއް:ގަވަރުނަރު

މިއީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މުހިންމު މަޝްރޫޢެއް:ގަވަރުނަރު

"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް" އިފްތިތާޙްކުރުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 މޭ 2025، 12:41

07 މޭ 2025، 12:41

ދިވެހިރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން، "މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް" (މިސްފީ) ގެ ނަމުގައި އައު މަޝްރޫޢެއް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ މިއީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވިގޮތުގައި މި މަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެކެވެ. އަދި މި މަޝްރޫޢާއެކު ޤައުމުގެ އިޖުތިމާޢީ ހަމަހަމަކަމާއި، އެންމެންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށް  އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢާއެކު އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރެވި، އިޤްތިޞާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެ، ޤައުމުގައި އިންސާފު ޤާއިމުކުރުމާއި، ހަމަހަމަކަމާއި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެންދާނެ  

ގަވަރުނަރު މުނައްވަރު

މި މަޝްރޫޢަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަރސިޓީ އޮފް ސެލެންގޯއާ ގުޅިގެން ކުރެވުނު ދިރާސާތަކަށްފަހު ފަށާ މަޝްރޫޢެކެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވަރސިޓީ އިސްލާމް ސެލެންގޯރގެ ވައިސް ޗާންސެލަރ މުޙައްމަދު ފަރީދު ރާވީ ބިން ޢަބްދުﷲ ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން މުޖުތަމަޢުގައި ތިބި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް" އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ޤާއިމުކޮށްފައިވާ ޚާއްޞަ ފަންޑެކެވެ. މި ފަންޑަށް އެމްއެމްއޭއިން 20 މިލިއަން ރުފިޔާ، އެމްއައިބީއިން 30 މިލިއަން ރުފިޔާ އަދި ބީއެމްއެލްއިން 200 މިލިއަން ރުފިޔާ ކުރިއަށް އޮތް 3 އަހަރަށް ކަނޑައަޅާފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS