Ads by Aqeeqa Maldives

ޚަބަރު

އަމާޒަކީ ރާއްޖެ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ހެދުން: ރައީސް މުޢިއްޒު

އަމާޒަކީ ރާއްޖެ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ހެދުން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 މޭ 2025، 12:13

07 މޭ 2025، 12:13

ޑިޖިޓަލް އިޤްތިޞާދީ ބަދަލުތަކާއެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު އިފްތިތާޙުކުރެވުނު މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވްް (މިސްފީ) ގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ޙަޤީޤީ ތަރައްޤީއަށް ވާސިލުވުމަށްޓަކައި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އަބުރުވެރިކަމާއި އިޙްތިރާމާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި މިސްފީގެ ސަބަބުން މާލީ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާ ދެމެދު ގުޅުން ބަދަހިވެ، މުޖުތަމަޢުގެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިކަން ހަޤީޤަތަކަށް ހެދުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން އޮތީ ތައްޔާރަށް  

ރައީސް މުޢިއްޒު

އަދި ޤައުމެއްގެ ތަރައްޤީ މިންކުރެވެނީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމަކުން ނޫންކަމާއި، އެއީ އަބުރުވެރިކަމާއި އިޙްތިރާމާއެކު މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު އެންމެނަށް ފަހިކޮށްދެވިގެން ޙާޞިލުވާ އަމާޒެއްކަން ޤަބޫލުކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިސްފީއަކީ މާލީ ކަންކަމުގައި އެހެން ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މުހިންމު ކަންކަން ހާސިލުކުރުމަށްވެސް އެހީތެރިވެދޭނެ މަސައްކަތެއް ކަމަށެވެ. އަދި މި އިނީޝިއޭޓިވްޓިވްގެ ދަށުން ޞަދަޤާތާއި، ވަޤުފް އަދި އިސްލާމިކް ކްރައުޑް ފަންޑިންގ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން، އިސްލާމިކް ބޭންކިންގ ނިޒާމުގެ ތެރެއިން މުޖުތަމަޢުގެ ނާޒުކު ފަރާތްތައް މާލީގޮތުން ބާރުވެރިކުރެވި، އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS