Ads by Aqeeqa Maldives

ޚަބަރު

ދަރިވަރުންގެ ދަބަސް ލުއި ކުރުމަކީ ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ އެއް އަމާޒު: ރައީސް މުޢިއްޒު

ދަރިވަރުންގެ ދަބަސް ލުއި ކުރުމަކީ ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ އެއް އަމާޒު: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 04:57

05 މޭ 2025، 04:57

ދަރިވަރުންގެ ދަބަސް ލުއި ކުރުމަކީ ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ އެއް އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި "ފަރުދުން" މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސްކޫލް ކުދިންގެ ދަބަސް ބަރުވުމާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، "އަސްލު އުފުލަން ޖެހޭ ފޮތްތައް މަދުކޮށް، ޓެކްނޮލޮޖީ ބޭސްކޮށް ޑިޖިޓަލް ލަރނިންގ އަށް ގެންދެވުނު ވަރަކުން،  އަޅުގަނޑުމެންގެ ޑިޖިޓަލައިޒޭޝަންގެ ބޮޑު މަޝްރޫޢުއެއް ފެށިގެން މިދަނީ އިރާދަކުރެއްވިއްޔާ. އެއީ 3 އަހަރު ދުވަހުގެ މަޝްރޫޢުއެއް.  ތަޢުލީމީ ދާއިރާއަކީ ހަމަ ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވޭނެ ދާއިރާއެއް. އޭގެ ތެރެއިން އެއް އަމާޒަކީ ހަމަ ފޮތްތައް މަދުކުރުން. އެހެންވުމުން އުފުލަން ޖެހޭ ފޮތުގެ އަދަދު މަދުވާނެ" ކަމަށެވެ.

މީގެ އިތުރުން، ބޭރުގައި ތަޢުލީމު ހާސިލުކުރާ ކުދިންނަށް ސްކޮލަރޝިޕަށް ވާދަނުކުރެވޭ ގޮތަށް އޮތް އޮތުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިހާރު އޮތް އުސޫލު ބަލައި، ކޮންކަހަލަ ބަދަލުތަކެއްތޯ ގެނެވޭނީ ބަލަން ވިސްނުން ހުރި ކަމަށެވެ.

އަޅުގަނޑުގެ ވިސްނުން ހުރީ އެ ފުރުސަތު ދޭން. އެ މަސައްކަތް އުސޫލު ބަލައި ގެނެވޭނެ ބަދަލަކީ ކޮބައިތޯ ބަލައި، އެކަން ކުރެވެން އޮތްނަމަ ދެން ސްކޮލަރޝިޕް ފުރުސަތު ހުޅުވުމުގެ ކުރިން އެކަން ބަލާނަން  

ރައީސް މުޢިއްޒު


                    

މި ލިޔުން ކިޔާލުމުން

Ads by MSS