Ads by Aqeeqa Maldives

ޚަބަރު

ޗައިނާގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

ޗައިނާގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި

ޗައިނާގެ އައު ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 01:06

05 މޭ 2025، 01:06

ޗައިނާއިން ދިވެހިރާއްޖެއަށް އައްޔަންކުރައްވާފައިވާ އައު ސަފީރު، ކޮންގ ޝިއަންހުއާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް  ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ސަފީރު ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހަށް ވަޑައިގަތީ ސަގާފީ "ހަތްކޮޅު" އާއި އެމްއެންޑީއެފްގެ ޑްރަމް އެންޑް ޓްރަމްޕެޓް ބޭންޑާ އެކުގައެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ސަފީރަށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމާ މެދު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ވަނީ ދިވެހިރާއްޖޭގެ ކުއްލި އަދި މުހިންމު ބޭނުންތަކުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދިވެހިރާއްޖެއަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ކޮންގ ޝިއަންހުއާއަކީ މީގެ ކުރިން އެކި ޤައުމުތަކުގައި ހުރި ޗައިނާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޗައިނާއިން އިންޑިއާގެ މުމްބާއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ކައުންސެލް ޖެނެރަލްގެ މަޤާމުގައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވިފައިވަނީ 14 އޮކްޓޯބަރު 1972 ގައެވެ. މިއީ 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ވަރަށް ވަރުގަދަ ގުޅުމެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS