ދުނިޔެ

ޗެކް ރިޕަބްލިކްގެ ފަރުބަދައަކުން މިލިއަން ޑޮލަރުގެ އަގުހުރި އާސާރީ ހަޒާނާ ފެނިއްޖެ

ޗެކް ރިޕަބްލިކްގެ ފަރުބަދައަކުން މިލިއަން ޑޮލަރުގެ އަގުހުރި އާސާރީ ހަޒާނާ ފެނިއްޖެ

ޗެކް ރިޕަބްލިކްގެ ފަރުބަދައިން ފެނުނު ހަޒާނާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 12:55

05 މޭ 2025، 12:55

ޗެކް ރިޕަބްލިކްގެ ފަރުބަދައިގެ ސަރަޙައްދެއްގައި ދަތުރުކުރަމުން ދިޔަ ފަރުބަދައަށްއަރާ ދެމީހަކަށް  މިލިއަން ޑޮލަރުގެ އަގުހުރި އާސާރީ ހަޒާނާ ފެނިއްޖެއެވެ. މި ހަޒާނާ މިހާރު ވަނީ އީސްޓަން ބޮހީމިއާ މިއުޒިއަމްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި ހަޒާނާގެ ތެރޭގައި 598 ރަން ސިއްކަ، ގަހަނާ އަދި ދުންފަތް އަޅާ ކޭސްތައް ހިމެނެއެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 15 ޕައުންޑެވެ.

މިއުޒިއަމުން ބުނާ ގޮތުގައި މި ސިއްކަތަކަކީ 1808 ވަނަ އަހަރު ނުވަތަ 19 ވަނަ ގަރުނުގެ ކުރީކޮޅު އުފައްދާފައިވާ ތަކެއްޗެވެ. އަދި މި ތަކެތި ވަޅުލާފައިވަނީ 1921 ވަނަ އަހަރަށްފަހު ކަމަށް ލަފާކުރެވެއެވެ. މި ކަލެކްޝަންގައި ފްރާންސް، ބެލްޖިއަމް، އޮޓޯމަން އެމްޕަޔަރ އަދި ކުރީގެ އޮސްޓްރިއާ-ހަންގޭރީގެ ފައިސާ ހިމެނެއެވެ.

އާކިއޮލޮޖީ ޑިޕާޓްމަންޓުގެ އިސްވެރިޔާ މިރޮސްލާވް ނޮވާކް ވިދާޅުވީ، ފަރުބަދަ އަރާ މީހުން މި މުދާ ދެއްކި އިރު އޭނާ ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ. އޭނާ މި ކަލެކްޝަން ސިފަކުރެއްވީ ވަރަށް މަދުން ފެންނަ އެއްޗެއްގެ ގޮތުގައެވެ. ސިއްކަތަކުގައިވާ ނިޝާންތަކުން ދައްކާ ގޮތުގައި މިއީ 1918 އާއި 1992 އާ ދެމެދު ކުރީގެ ޔުގޯސްލާވިއާގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ.

ނޮވާކް އިތުރަށް ވިދާޅުވީ، އެހެން ތަކެތި އިތުރަށް ދިރާސާކުރަން ޖެހޭ ނަމަވެސް، މިހާރުގެ އަގުބޮޑު މަޢުދަނުގެ އަގުތަކަށް ބަލާއިރު، މި ތަކެތީގެ އަންދާޒާ އަގަކީ 340،000 ޑޮލަރު ކަމަށެވެ. މި ހަޒާނާ ފަރުބަދައިގައި ވަޅުލާފައިވަނީ ކިހިނެއްކަން ދެނެގަތުމަށް ތަޙުޤީޤުތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، މި ހަޒާނާ ވަޅުލާފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގެ ނިމުމުގައި ރަޝިއާގެ ބާރުތައް ފަހަތަށް ޖެހެމުންދިޔަ އިރު ނާޒީ ސިފައިން ކަމަށް ވެދާނެއެވެ.

ޤާނޫނުގައިވާ ގޮތުން، މި ހަޒާނާ ފެނުނު ރަށްޓެހި ފަރުބަދަ އަރާ މީހުންނަށް މުދަލުގެ އަގުގެ ގާތްގަނޑަކަށް 10 އިންސައްތަ އިނާމެއްގެ ގޮތުގައި ލިބޭނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS