ޚަބަރު
އޮރެންޖް ހިޔާ ފެސިލިޓީއަށް ދަތުރުކުރުން ފަސޭހަކޮށްދިނުމަށްޓަކައި އައު ބަސް ރޫޓްތަކެއް ތަޢާރަފުކޮށްފި

އާރްޓީއެލް ބަހުގެ ހިދުމަތް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް އޮރެންޖް ހިޔާ ފެސިލިޓީއަށް ދަތުރުކުރުން ފަސޭހަކޮށްދިނުމަށްޓަކައި އައު ބަސް ރޫޓްތަކެއް ތަޢާރަފުކޮށްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ އެމްޓީސީސީއިންނެވެ.
މިގޮތުން، ހުޅުމާލެ ފިޔަވަހި 1 އަދި ފިޔަވަހި 2 އަށް ދަތުރުކުރާ R5 ރޫޓުގެ ބަހުގައި އޮރެންޖް ހިޔާ ކައިރީގައި ބަސް ހުއްޓި އިތުރުކޮށްފައިވެއެވެ. އަދި މާލެއިން އޮރެންޖް ހިޔާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި R15 ނަމުގައި އައު ބަސް ރޫޓެއްވެސް ތަޢާރަފުކޮށްފައިވެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/LlO8XeMLAP
— MTCC Plc (@MTCCPlc) May 5, 2025
މި ބަދަލުތަކާއެކު، އައު ރޫޓް މެޕްތައް ވަނީ ޢާންމުކޮށްފައެވެ. އަދި މިއަދު (5 މާރިޗު 2025) ގެ 7:30 އިން ފެށިގެން މި ދެ ރޫޓުންވެސް އޮރެންޖް ހިޔާ ބަސް ހުއްޓިއަށް ޚިދުމަތް ލިބެން ފަށާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން އަންގާފައިވެއެވެ.