ދުނިޔެ

ޣައްޒާގައި އާއިލާތަކުން ކުދިންނަށް ގަސްގަހާގެހީގެ ފަތާއި، ފެނާއި ފުށް އެއްކޮށްގެން ކާންދޭން މަޖުބޫރުވެފަ

ޣައްޒާގައި އާއިލާތަކުން ކުދިންނަށް ގަސްގަހާގެހީގެ ފަތާއި، ފެނާއި ފުށް އެއްކޮށްގެން ކާންދޭން މަޖުބޫރުވެފަ

ޣައްޒާގައި ބަނޑުހައި ހޫނުކަން އިންތިހާއަށް ފޮޓޯ:އަލް ޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 11:50

05 މޭ 2025، 11:50

ޣައްޒާގައި ކާބޯތަކެތީގެ ހާލަތު ދަށަށް ގޮސް، އާއިލާތަކުން ކުދިންނަށް ގަސްގަހާގެހީގެ ފަތް ކައްކައިގެން ނުވަތަ ފެނާއި ފުށް އެއްކޮށްގެން ކާންދޭން މަޖުބޫރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިހާރު ޢައްޒާގެ އާބާދީގެ ބޮޑު ބައެއް އިންސާނީ އެހީގެ މައްޗަށް ބަރޯސާވެފައިވާއިރު، ގުދަންތައް ހުސްވެ، ކޮމިއުނިޓީ ކިޗަންތައް ބަންދުވަމުންދާ ކަމަށް އދ. އިން ބުނެފައިވެއެވެ.

ޚާން ޔޫނިސްގައި ހުރި ޗެރިޓީ ކޮމިއުނިޓީ ކިޗަނެއްގައި ކާނާ ހޯދުމަށް އެތައް ބަޔަކު ތޮއްޖެހި، ކުޑަކުދިންނާއި ބޮޑެތި މީހުން ތަށިތަށްޓާއި ތެލި ހިފައިގެން ހަޅޭއްލަވަމުން ދިޔަ މަންޒަރު ފެނިފައިވެއެވެ. 33 އަހަރުގެ ނިވީން އަބޫ އަރާރު ބުނީ އޭނާގެ 8 ދަރިންނަށް ކާންދޭނެ އެއްޗެއް ނެތި ހާސްވެފައިވާ ކަމަށެވެ.

"އަހަރެމެން މަޑުމަޑުން މަރުވަމުން މިދަނީ. ދޮޅު މަހެއްހާ ދުވަސް ވެއްޖެ ރޮށި ކޮޅެއް ނުލިބޭތާ. ފުށެއް ނެތް. އެއްވެސް އެއްޗެއް ނެތް،" އަބޫ އަރާރު ބުނެފައިވެއެވެ.

އިޒްރޭލުން ގާޒާއަށް ވަންނަ އެހީ - ކާނާއާއި ބޭސް ހިމެނޭ ގޮތަށް - ފާއިތުވި ދެ މަސް ދުވަހު ބްލޮކް ކޮށްފައިވާތީ، ގާޒާގެ ސިވިލް އާބާދީ ބަނޑަށްޖެހުމުގެ ނުރައްކަލާ ކުރިމަތިލާންޖެހިދާނެ ކަމަށް އެހީ ޖަމާއަތްތަކުން އިންޒާރު ދީފައިވެއެވެ.

އޮކްސްފަމްގެ މީޑިއާ ކޯޑިނޭޓަރު ގަދާ އަލް ހައްދާދު ވިދާޅުވީ 25 ކިލޯގެ ފުށް ކޮތަޅެއްގެ އަގު މިހާރު 1,300 ޝެކެލް (360 ޑޮލަރު) އަށް އަރާފައިވާ ކަމަށެވެ. "ޣައްޒާގެ ބެލެނިވެރިން މިހާރު ކުދިންނަށް ދުވާލަކު އެއްފަހަރު، ރޭގަނޑު ކާންދެނީ. އެއީ ހޭލެވުނީމަ ބަނޑުހައިވެގެން ނުއުޅޭނެތީ،" އޭނާ ވިދާޅުވިއެވެ.

ނޯވީޖިއަން ރެފިއުޖީ ކައުންސިލްގެ ހިއުމަނިޓޭރިއަން މެނޭޖަރު ގެވިން ކެލެހަރ ވިދާޅުވީ އިޒްރޭލުގެ އެއަރ ސްޓްރައިކްތަކުން ޣައްޒާގެ ދަނޑުބިންތަކާއި ޖަނަވާރުތައް ހަލާކުވެފައިވާތީ، އެ ސަރަހައްދުގައި ކާނާ އުފެއްދުމަކީ މިހާރު ނުކުރެވޭނެ ކަމެއް ކަމަށެވެ. މަސްވެރިންނަށްވެސް އަމާޒުކޮށް އިޒްރޭލުގެ ކަނޑުގެ ބާރުތަކުން ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން މި ހާލަތު ގަސްތުގައި އުފައްދާފައިވަނީ ފަލަސްތީނުގެ މީހުންނަށް އަމިއްލައަށް ކާނާ އުފައްދައި، މަސްވެރިކަން ކުރުމަށް ނުކުޅެދޭ ގޮތަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS