ޚަބަރު
ފެށިގެންމިދިޔައީ ރާއްޖޭގެ ތަރައްޤީގެ މިސްރާބުގައި އިންޤިލާބީ ބަދަލެއް: މާލީ ވަޒީރު

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްޤީކުރުމުގެ މަޝްރޫއު ފެއްޓެވުން ފޮޓޯ؛ރައީސް އޮފީސް
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްޤީކުރުމުގެ އެއްބަސްވުމާއެކު ފެށިގެންމިދިޔައީ ރާއްޖޭގެ ތަރައްޤީގެ މިސްރާބުގައި އިންޤިލާބީ ބަދަލެއްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރޭގަ ބޭއްވުނު އެމްއައިއެފްސީ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، މި މަޝްރޫޢަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ ކުރިމަގު ބަދަލުވެގެންދާނެ މަޝްރޫޢެއްކަމަށެވެ.
ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށާއި، މިކަން ޙާސިލުކުރުމަށް ރާއްޖޭގެ ޢަމްދަނީގެ %15 އަކީ ޑިޖިޓަލް އިޤްތިޞާދުގެތެރެއިން ހޯދާ ޢާމްދަނީއަށް ހެއަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. މި އަމާޒަށް ވާސިލުވުމުގައި އެމްއައިއެފްސީ ތަރައްޤީވުން މުހިއްމު ދައުރެއް އަދާކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިއީ ވަރަށް މުހިންމު މަޝްރޫޢެއް. މިއީ އަޅުގަނޑުމެންގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް. މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން މި ތަނަށް އަންނާނެ
މާލީ ވަޒީރު
އެމްއައިއެފްސީގެ ދަށުން ހިންގާ ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މާލީއެކި މުޢާމަލާތްކުރެވޭ ބޭންކިންގ ޚިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިންގ ޚިދުމަތް ލިބޭނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Proud to announce the launch of the Maldives International Financial Centre (MIFC) — a transformative $8.8bn investment with MBS Global Investments. MIFC will diversify our economy, position Malé as a global financial hub, and unlock new opportunities for generations. pic.twitter.com/xSmEtmyheF
— Moosa Zameer (@MoosaZameer) May 4, 2025
މުސްތަޤުބަލަށް އެކަށައަޅާ ޤަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެމްއެފްއައިސީއަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މުހިއްމު މަންޒިލަކަށްވެގެންދާނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.