Ads by Aqeeqa Maldives

ޚަބަރު

ދިވެހިރާއްޖެ 2.0: ރައްޔިތުންގެ މެދުގައި ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު އިއާދަކޮށްދޭނެ މަޝްރޫޢެއް

ދިވެހިރާއްޖެ 2.0: ރައްޔިތުންގެ މެދުގައި ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު އިއާދަކޮށްދޭނެ މަޝްރޫޢެއް

ދިވެހިރާއްޖެ 2.0

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 01:54

04 މޭ 2025، 01:54

ރާއްޖޭގެ ވެރިކަން ހިންގުމާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ޑިޖިޓައިޒްކުރުމަށް ސަރުކާރުން ފަށާފައިވާ "ދިވެހިރާއްޖެ 2.0" މަޝްރޫޢަކީ ރައްޔިތުންގެ މެދުގައި ދައުލަތުގެ މުއައްސަސާތަކަށް އިތުބާރު އިއާދަކޮށްދޭނެ މަޝްރޫޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަސައްކަތަކީ ޑިޖިޓަލް ފަސްޓް ނުވަތަ ޑިޖިޓަލް ހައްލުތަކަށް އެންމެ މަތީ އިސްކަމެއް ދޭ ދިވެހިރާއްޖެއެއް ކޮންމެ ރައްޔިތަކަށްޓަކައި، އަދި ކޮންމެ ރަށަކަށްޓަކައި، އަދި އަންނާން ހުރި ހުރިހާ ޖީލުތަކަށްޓަކައި ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ކުރިމަގުގެ ތަސައްވުރު ކަމަށެވެ.

"ދިވެހިރާއްޖެ 2.0" މަޝްރޫޢު ބިނާވެފައިވަނީ އަށް މައިގަނޑު ތަނބެއްގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީއާއި އިތުބާރުކުރެވޭ މުއާމަލާތްތައް، ހާމަކަންބޮޑު މަޢުލޫމާތު ހިއްސާކުރުމާއި ސަރުކާރު ހިންގުން، ގައުމީ ވިލުންވެރިކަމަށް ސައިބަރ ސެކިއުރިޓީ، އަދި ޑިޖިޓަލް ޚިދުމަތްތަކާއި ސަރުކާރަށް އިތުބާރު ލިބޭނެ ޒަމާނީ ގާނޫނީ އޮނިގަނޑެކެވެ.

މީގެ އިތުރުން، ރައްކާތެރި ދައުލަތުގެ ޑިޖިޓަލް ބިނާވަޅުތައް، ރައްޔިތުންގެ ނާރެހުގައި އެނބުރޭ އީ-ސަރުކާރުގެ ޚިދުމަތްތައް، ވަކިވަކި ދާއިރާތަކަށް ޑިޖިޓަލް އިންގިލާބެއް، އަދި އައިސީޓީ ތަރައްގީކުރުމާއި އީޖާދުތައްވެސް ހިމެނެއެވެ.

އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، ރައްޔިތުންނަށް ފަސޭހައިން އަވަހަށް ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS