Ads by Aqeeqa Maldives

ޚަބަރު

ރައީސް ދެއްކެވީ ހާމަކަން ބޮޑު އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ނަމޫނާ: ނައިބު ރައީސް

ރައީސް ދެއްކެވީ ހާމަކަން ބޮޑު އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ނަމޫނާ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 12:46

04 މޭ 2025، 12:46

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމަކީ ހާމަކަން ބޮޑު އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ނަމޫނާއެއް ކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ކެތްތެރިކަމާއި ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ. އަދި މިއީ ސަރުކާރުގެ ހާމަކަން ބޮޑު ސިޔާސަތުގެ ހެއްކެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށާއި ހާމަކަން ބޮޑު ވެރިކަމަކަށް ދެމިތިބޭނެކަން އަޅުގަނޑު ޔަގީންކޮށް އަރުވަން  

ނައިބު ރައީސް



އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަކީ މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނޫސްވެރިންގެ ބައްދަލުވުމުން ރެކޯޑު ހައްދަވައިފައެވެ. މިއީ ދުނިޔޭގެ ވެރިޔަކު މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ.


ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10:00ގައެވެ. ގާތްގަނޑަކަށް 15 ގަޑިއިރު ދެމިގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުން ނިމުނީ މެންދަނު 01:00 ޖަހަނިކޮށެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އެމަނިކުފާނު ފެއްޓެވީވެސް ނޫސްވެރިން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބުދެއްވާނެކަމަށް ވިދާޅުވަމުންނެވެ. އެއީ އަނެއް ދުވަހާ ހަމައަށް ދިގުދެމިގެން ދިޔަކަމުގައިވިޔަސްކަމަށް ވިދާޅުވުމަށްފަހުއެވެ. ރައީސް މެދުނުކެނޑި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS