Ads by Aqeeqa Maldives

ޚަބަރު

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ މަޤާމަށް އަލްބަނީސް އަލުން އިންތިޚާބުވުމުން ރައީސް މުޢިއްޒު މަރުޙަބާ ކިޔުއްވައިފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ މަޤާމަށް އަލްބަނީސް އަލުން އިންތިޚާބުވުމުން ރައީސް މުޢިއްޒު މަރުޙަބާ ކިޔުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީސް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 11:23

04 މޭ 2025، 11:23

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ މަޤާމަށް އެންތޯނީ އަލްބަނީސް އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު  މަރުޙަބާ ކިޔުއްވައިފިއެވެ.

ރައީސް މުޢިއްޒު އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އޮސްޓްރޭލިއާގެ ރައްޔިތުން އަލްބަނީސްގެ ލީޑަރޝިޕްގައި ބަހައްޓާ އިތުބާރު މި އިންތިޚާބުން ދައްކުވައިދޭ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމަށް އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އަލްބަނީސްއަށް މަރުޙަބާ ދަންނަވަން. ލިބިވަޑައިގެންނެވި ވަރުގަދަ މެންޑޭޓުން ދައްކުވައިދެނީ އޮސްޓްރޭލިއާގެ ރައްޔިތުން ތިޔަ ބޭފުޅާގެ ލީޑަރޝިޕްގައި ބަހައްޓަވާ އިތުބާރު. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ތިޔަ ބޭފުޅާއާއެކު މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދުކުރަން .

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓް



މި ލިޔުން ކިޔާލުމުން

Ads by MSS